ރައްޔިތުން ހޮވާފައިހުރި ރައީސްގެ ހުވާކުރުން ހުއްޓުވަން ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓުގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ޢަމްރު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގައި ދިމާވެގެން އުޅޭ ދެބަަސްވުމެއްގައި ރައްޔިތުން ހޮވާފައިހުރި ރައީސް ހުވާކުރުން ހުއްޓުވާނެ ކަމަށާއި، ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހަކީ ދެބަސްވުމާ، މަޝްވަރާއާ ހައްލު ހޯދާތަން ކަމަށާއި އެކަމުގެ ތެރެއަށް ހުވާކުރަން ތައްޔާރުވެފައި ހުރި ރައީސް އާއި ރައްޔިތުން ނުވައްދުމަށް އަމަރު ވަނީ އިލްތިމާސްކޮށްފައެވެ.



އަމްރު މިމޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބުނެފައިވަނީ، އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ރީފް

27-Oct-2023

49 މެމްބަރުން އިތުބާރު ނެތްކަމަށް ބުނީމަ ގަދަބާރުން މަޤާމުން ނުފާބައި ހުރުމަކީވެސް ވަރަށް ނާތަހުޒީބް ކަމެއް



ޓްރެންޑިން