އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅަން އުޅެނީ ރައީސް ނަޝީދުގެ ޓީމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު މިމޭރުމުން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުން އިތުރު މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ފުރުސަތު ނޭރުވުމާއި، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށްވެސް ރުހުން ނުދޭނެކަމަށް އެމްޑީޕީން އިއްޔެ ބުނެފައިވެއެވެ.

ނަމަވެސް ނިހާދު ވިދާޅުވީ، އެމްޑީޕީން އޮތީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. އަދި ހުރިހާ ރޭވުމެއްވެސް ރާވަނީ ރައީސް ނަޝީދުގެ މަޤާމު ދިފާޢު ކުރުމަށްކަމަށް ނިހާދު ވިދާޅުވިއެވެ.

އޭގެއިތުރުން އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާމެދު ޤާނޫނީ ސުވާލު އުފައްދައި ރަސްމިއްޔާތަށް ހުރަސް އެޅުމަށް ރައީސް ނަޝީދުގެ ޓީމުން ރާވާ ރޭވުންތަކަށް ފުރުސަތު ނުދިނުމަށް ނިހާދުވަނީ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

"މަޖިލީސް ޑެޑްލޮކަކަށް ގެންގޮސް ޤާނޫނީ ހުސްކަމެއް ގެންނަން އުޅެނީ ރައީސް ނަޝީދު." ނިހާދު ވިދާޅުވިއެވެ.



ނިހާދު މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފައިވަނީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއަޅާނެކަމަށް އެމްޑީޕީން ބުނުމަކީ އެއްވެސް ހަމައަކުން ބަލައިގަންނާނެ ނިންމުމެއް ނޫންކަމަށެވެ. އަދި މިއީ އިންތިޚާބުގައި ނާކާމިޔާބުވި ކެންޑިޑޭޓު އަންގަވައިގެން ހިންގާ ޢަމަލުތަކެއްކަމަށް ޑިމޮކްރެޓުން ތުހުމަތު ކޮށްފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ ނިންމުމަށާއި، ޤާނޫނު އަސާސީގެ ޙުރުމަތަށާއި، ޑިމޮކްރެސީގެ އަސާސްތަކާއި، މަކާރިމުލް އަޚްލާޤުގެ ހަމަތަކަށް ރުޖޫޢަވުމަށް ޑިމޮކްރެޓުން ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ބުނެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށައަޅަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ވޯޓު ނެގުމަށްފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ވ

27-Oct-2023

ހުރަސް އަޅަނީ ކޮންޓިމަކުންއެގިދާނެތަ ހުވާކުރާދުވަހުން ދެބާމީހުން.ގުޅިގެންނޫން.ކަމެންވެސްނޭގެ



ޓްރެންޑިން