ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
އިންތިޚާބީ ރައީސް ހުވާކުރާ ޖަލްސާގެ ޤާނޫނީ ސުވާލެއް ނެތްކަން ކަށަވަރު ކުރާނެ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިސްމާއީލް މިމޭރުމުން ވިދާޅުވީ ޑރ. މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ ނޮވެމްބަރު 17، ގައި ބާއްވަން ތާވަލުކޮށްފައި ވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަަމުގެ މައްސަަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ނުގެންގޮސްފި ނަމަ ޑރ. މުޢިއްޒު ހުވާކުރުމުގެ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އިސްމާޢީލް ވިދާޅުވީ އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތުނެތް ޖަލްސާއެއްކަން އެމްޑީޕީން ކަށަވަރުކުރާނެ ކަމަށެވެ.

ހަމައެއާއެކު އަލަށް އުފެދޭ ސަރުކާރަކީ ސައްހަ ހުވައެއްގެ މަތީގައި ރަނގަޅު ގޮތުގައި އުފެދިގެން އަންނަ ސަރުކާރެއް ގޮތުގައި އޮންނަން ބޭނުންވާ ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

“އެކަން އެމަގުން ގެންދިޔުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެކަމުގެ ޔަޤީންކަންއަރުވަމެވެ!” އިސްމާޢީލް ވިދާޅުވެފައިވެއެވެ.



އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ރައީސްގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފައެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8 ގައެވެ. އެ މައްސަލައިގެ ނޯޓިސް ރައީސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު އަންނަ އާދިއްތަ ދުވަހަށް މައްސަލަ އެޖެންޑާ ކުރުމަށް ވަނީ ނިންމާފަ އެވެ. އެ މައްސަލާގައި އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ތްރީ ލައިން ވިޕެއްނެރެ އެޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެ ޕާޓީގެ މެމްބަރުންނަށް އަންގާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން