އިންތިޤާލީ މަރުހަލާގައި ހުރިހާ ފަރާތްތަކަކުންވެސް އިންތިޚާބީ ރައީސަށް އެއްބާރުލުން ދޭންޖެހޭކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ވިދާޅުވީ އިންތިޤާލީ މަރުހަލާގައި ހުރިހާ ފަރާތްތަކަކުންވެސް އިންތިޚާބީ ރައީސަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ހަމައެއާއެކު އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ހުރަސް އަޅަން އެމްޑީޕީގެ ޕީޖީން ކުރަމުންދާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށްވެސްް ދުންޔާ ވިދާޅުވިއެވެ.

"އިންތިޤާލީ މަރުހަލާގައި ހުރިހާ ފަރާތްތަކަކުންވެސް އިންތިޚާބީ ރައީސަށް އެއްބާރުލުން ދޭންޖެހޭ!" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިމޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފައިވަނީ، އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

“އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއްވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. މުޢިއްޒު ހުވާކުރާ ޖަލްސާ ބާއްވަން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން