އިންތިޚާބީ ރައީީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ހުޅުމާލޭ ފިޔަވައްސަށް ފިޔަވައްސަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ.



މިއީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު، ޑރ. މުޢިއްޒު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާ މިފަދަ ފުރަތަމަ ބައްދަލުކުރެއްވުމެވެ. މީގެ ކުރިން ޑރ. މުޢިއްޒު ވަނީ ދެވަނަ ފިޔަވައްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރަށްވާފައެވެ.

ރިޔާސީ އިންތިޚާބަށްފަހު ޑރ. މުޢިއްޒު ވަނީ 2 އޮކްޓޯބަރުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި އޭގެފަހުން ޑރ. މުޢިއްޒު ވަނީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ކެމްޕެއިން ކުރެއްވި ކެމްޕެއިން ޓީމްތަކާވެސް ބައްދަލު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން