ރިޒް ކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ޔޮޓް އަނދައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ޔޮޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފަޔާ އެންޑް ރެސްކިއު ސާވިސަށް ލިބުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މި ޔޮޓަކީ ސްމާޓް އޯން ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓް ކަމަށެވެ.

އަދި ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން