އިޒްރޭލުގެ އަނިޔާވެރިކަމުން އަސަރުކުރަނީ ހަމައެކަނި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލު ޢާއްމާ ގުޅިގެން ފާރިސް މިއަދު ވިދާޅުވީ، އިޒްރޭލުންވަނީ ފަލަސްތީނުގެ އެކި ޖީލުތަކަށް އަނިޔާތައް ދީފައިކަމަށާއި އެކަން އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް ސާފުވާންޖެހޭ ކަމަށެވެ.

ދުނިޔެއިންދަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ކަންކަން މީސް މީޑީއާގެ ޒަރިއްޔާއިން ބަލަމުންކަމަށާއި އެކަމުގެ ސަބަބުން އެ މަންޒަރުތައް ފެންނަ މީހުންގެ ހިތުގައިވެސް އެ ބިރުވެރިކަން އާލާވެފައިވާކަމަށް ފާރިސް ވިދާޅުވިއެވެ. އެހެންކަމުން އިޒްރޭލުން ފަލަސްތީނާމެދު ހިންގަމުންދާ ގަތުލުއާންމުގެ ނޭދެވޭ އަސަރު އިޒްރޭލާއި، އެ މީހުންގެ އައުވާނުންގެ މައްޗަށް ނަފްރަތުގެ ގޮތުގައި އެތައް ޖީލަކަށް ދެމިގެންދާނެކަން ފާރިސް ފާހަގަކުރެއްވިއެވެ.

ފާރިސް ވިދާޅުވީ، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުން ބަލިކަށިވެ ނިކަމެތިވެފައިވާކަމަށް ހީވިނަމަވެސް، ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުން ދެން ތެދުވާނީ އެއަށް ވުރެވެސް ވަރުގަދަކޮށްކަމީ ގަބޫލުކުރަން ޖެހޭ ޙަޤީޤަތެއް ކަމަށެވެ.



ފާރިސް މިމޭރުމުން ވިދާޅުވެފައިވާއިރު އިޒްރޭލުން ރޭވަނީ ޣައްޒާއިން ކަރަންޓާއި މުވާސަލާތީ ޚިދުމަތާއި، އިންޓަރނެޓްވެސް މުޅިން ކަނޑައިލައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން