ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ކަރެކްޝަނުން ބުނީ ރައީސް ޔާމީންގެ ބަންދަށް އިތުރު ލުއިތަކެއް މިހާރު ދީފައިވާ ކަމަށެވެ. އެގޮތުން އިތުރު ހުއްދައެއް ހޯއްދެވުމެއްނެތި ސިއްހީ ފަރުވާއަށް މާލޭ ސަރަޙައްދުގެ ސިއްޙީ ފަރުވާދޭ ތަންތަނަށް މިހާރު ވަޑައިގަނެވޭނެ ގޮތަށް އެމަނިކުފާނުގެ ބަންދަށް ވަނީ ލުއިދީފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރީ މިމަހުގެ އެއްވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ސަރުކާރުގައި އެދިވަޑައިގަތުމުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު