މަޖިލީހުގެ އަމީން ޢާއްމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނުގެ މަޤާމުގައިވެސް ހުންނެވި ޢަލީ ނަޛީރު މި މޭރުމުން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާގެ ރިޔާސަތު ބަލައްޓާނެ ފަރާތެއް ނެތުމުން ވަނީ ކެންސަލް ކޮށްފައެވެ. މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާނުކުރައްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރާނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް މިއަދަށް ތާވަލުކުރި ޖަލްސާ ބޭއްވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާމް ފޮނުއްވުމާ ގުޅިގެންނެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުން، ރައީސް ވަކި ކުރާ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް އެވެ.

ނަމަވެސް ޢަލީ ނަޛީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިނގުން ހުއްޓޭގޮތަށް މަޖިލީހުގެ އަމީންއާންމު ޤާނޫނުއަސީސީއާއި ޤާނޫނުތައް މާނަކުރުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނޭއްގާނީ ވިސްނުން އިސްކުރުމުން ދޭހަވަނީ އެކަމަނާގެ އަދުލުވެރިކަން ގެއްލިފައިވާކަން ކަމަށް އަލީ ނަޛީރު ވިދާޅުވިއެވެ.



ޢަލީ ނަޛީރު މި މޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހަށް ސަލާމް ވިދާޅުވެ އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާމް ފޮނުއްވާ ކަމަށެވެ. މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތަކާއެކު ފޮނުއްވި ސިޓީގައި އޭނާ އެދިވަޑައިގެންފައި އޮތީ އެ ލިޔުންތައް މަޖިލީގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ހިއްސާކޮށްދެއްވުމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރ ޢަލީ އާޒިމް ވިދާޅުވީ އީވާގެ މެޑިކަލް ރިޕޯޓުތައް ދައްކާގޮތުން އެކަމަނާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމަށް ގަރާރެއް ހުށަހަޅައި، މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ. މި މައްސަލާގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން މިހާރު ތައްޔާރުވަމުންދަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިމަންނަ

13-Nov-2023

ކާކުގެ އަދުލުވެރިކަމެއް ތޯ އޮތީ.....



ޓްރެންޑިން