ކޮންސްޓްރަކްޝަން ދާއިރާއަށް އިސްކަން ދެއްވައިގެން ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ އެސޯޝިއޭޝަން މަސީން، ހޮޓެލް ޖެންގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ކޮންސްޓްރަކްޝަން ސިނާޢަތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިނާއަތަށް ވުމާއެކު އެސިނާޢަތަށް އިސްކަން ދެއްވައިގެން ވުޒާރާއެއް އުފައްދަވާނެ ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.



ޑރ. މުޢިއްޒު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީން ސަރުކާރުތަކަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ބަލައިގަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެދާއިރާގެ ބޭފުޅުންގެ އެއްބާރުލުން ސަރުކާރަށް ލިބޭނެކަން ޔަޤީން ކުރަށްވާ ކަމަށެވެ. ހަމައެއާއެކު އެ ސިނާޢަތު ކުރިއެރުވުމަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ޕްލޭންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް ނަމުގައި ޝާމިލްވާ ގޮތަށް ވުޒާރާއެއް ގާއިމް ކުރާނަން.” ޑރ. މުޢިއްޒު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން ސިނާޢަތަށް އިސްކަންދޭ ވުޒާރާއެއް ގާއިމްކުރުމުން އެދާއިރާއަށް ބައިނަލްއަޤުވާމީ މައިދާނުގައި އެހީތެރިކަން ހޯދުމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީއެއް އެންމެ ފަހުން އުފައްދާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެފަހުން އައި ހަތަރު ވެރިކަމުގައިވެސް އިމާރާތް ކުރުމުގެ ދާއިރާއަށް ހާއްސަ މިނިސްޓްރީއެއް އުފައްދާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން