ޕާޓީއަށް ޑިމޮޮޮކްރެޓްސް ކިޔަސް މީހާ ޑިމޮކްރެޓިކް ނުވެދާނެކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ޢަލީ ނިޒާރު މިމޭރުމުން ރައީސް ނަޝީދަށް ފާޑުވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރު މިހާރުވަނީ މަޖިލީހަށް ހުށައަޅާފައެވެ.

ނަމަވެސް މަޖިލީހުގެ ނައިބުރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ފާއިތުވީ ދެދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކުރި ނަމަވެސް ޤަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

އެކަމާ ގުޅިގެން މޭޔަރ ނިޒާރު މިއަދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ފެންނަ އަމަލުތަކަކީ 18 ވަނަ މަޖިލީހުގެ ރިޔާސަތުންވެސް ފެނިދިޔަ ޚުދުމުހުތާރު ސިފަތަކެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދާއި ގާނޫނުން އެފަދަ ފުރުސަތުތައް ހަނިކުރުން މުހިއްމު ކަމަށް ނިޒާރު ވިދާޅުވިއެވެ.

“ނިޒާމް ޑިމޮކްރެޓިކް ވިޔަސް ޕާޓީ އަށް ޑިމޮޮޮކްރެޓިކް ކިޔާ ނަންދިނަސް މީހާ ޑިމޮކްރެޓިކް ނުވެދާނެ." ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން އަލީ ނިޒާރު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދާތީ އެމްޑީޕީން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދެވޭނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަހު ކަމަށް ބުނެފައެވެ. އަދި އެ ޕާޓީން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެ މަގެއް ހޯދުމަށް ސުޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން