ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓު 29 އޮކްޓޫބަރު 2023 ވީ އާދީއްތަ ދުވަހު އާންމުކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމުން ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
ޙަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އީސީން ޢާއްމު ކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
ހަމައެއާއެކު ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، އަދި ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު އީސީގެ ނަންބަރު 1414 އިން އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
އީސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި ވޯޓުލެވޭ އާބާދީގެ 58 އިންސައްތަ މީހުން ވަނީ ސިޔާސީ ޕާޓީތަކާ ގުޅިފައެވެ. އެއީ 162935 މީހުނެވެ.
ރާއްޖޭގައި މިވަގުތު 10 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ އެމްޑީޕީގައެވެ. އެޕާޓީގައި 57660 މެމްބަރުން އެބަތިއްބެވެ. ދެވަނާގައިއޮތް އިދިކޮޅު ޕީޕީއެމްގައި ތިބީ 38704 މެމްބަރުންނެވެ. ތިންވަނައިގައި އޮތް ޖޭޕީގައި ތިބީ 22607 މެމްބަރުންނެވެ.
ހަމަ އެއާއެކު 10000 މެމްބަރުން ހަމަނުވާ 6 ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެބައޮތެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ އެންމެންގެ މަޢުލޫމާތު ހިމެނޭ ލިސްޓު އިއްޔެ ކޮމިޝަނުން ޢާންމުކޮށްފި.
— Ismail Habeeb (@IsmailHabeeb) October 30, 2023
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މަޢުލޫމާތު އަނެއްކާވެސް ކޮމިޝަނުން ޢާންމުކުރީ… pic.twitter.com/0Mc9uYkK5n
އީސީން ޢާއްމު ކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2023 އޮކްޓޫބަރު 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
ހަމައެއާއެކު ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި، އަދި ރަޖިސްޓަރީވެފައިވާ ޕާޓީގެ މަޢުލޫމާތު އީސީގެ ނަންބަރު 1414 އިން އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.
އީސީން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި ވޯޓުލެވޭ އާބާދީގެ 58 އިންސައްތަ މީހުން ވަނީ ސިޔާސީ ޕާޓީތަކާ ގުޅިފައެވެ. އެއީ 162935 މީހުނެވެ.
ރާއްޖޭގައި މިވަގުތު 10 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ އެމްޑީޕީގައެވެ. އެޕާޓީގައި 57660 މެމްބަރުން އެބަތިއްބެވެ. ދެވަނާގައިއޮތް އިދިކޮޅު ޕީޕީއެމްގައި ތިބީ 38704 މެމްބަރުންނެވެ. ތިންވަނައިގައި އޮތް ޖޭޕީގައި ތިބީ 22607 މެމްބަރުންނެވެ.
ހަމަ އެއާއެކު 10000 މެމްބަރުން ހަމަނުވާ 6 ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެބައޮތެވެ.
ކިޔުންތެރިންގެ ހިޔާލު