ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މޫކޭއަށް ހަމަލާދީ މާރާމާރީ ހިންގައި މަރުގެ އިންޒާރުދިން މައްސަލައެއް ރޭ ފުުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މޫކޭ ރޭ ވިދާޅުވެފައިވަނީ އިއްޔެ ހަވީރު އޭނާ ދަރިފުޅު ގޮވައިގެން ސައިކަލްގައި ވަޑައިގަންނަވަނިކޮށް އޭނާއަށް މަގުމަތިން މީހަކު ހަމަލާދީ މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.



އެގޮތުން އެކަންކުރި ފިރިހެންމީހާ ވަނީ އޭނާއާއި އޭނާގެ ދަރިފުޅަށް އަވަގުރާނަ ގޮވައި، މަރުގެ އިންޒާރުދީފައި ކަމަށް މޫކޭ ވިދާޅުވިއެވެ. މޫކޭ ވަނީ އޭނާއަށް އިންޒާރު ދިން ކަމަށް ބުނާ މީހެއްގެ ފޮޓޯވެސް މީސްމީޑިއާގައި ހިއްސާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން