ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްފިނަމަ ޑރ. މުއިއްޒު ކުރަށްވަނީ ގާނޫނީ ހުވައެއް ކަމަށް ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނުނިންމަނީސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށެވެ.
އެގޮތުން ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ ހުވައަކީ ގާނޫނީ ހުވައެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށާއި ނަމަވެސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރަށްވާ ރަސްމިއްޔާތަށް ހުރަސްއެޅުމުގެ ވިސްނުމެއް އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ހަމަވެ، އެ ޖަލްސާ ނުބޭއްވިއްޖެނަމަ، އިންތިހާބީ ރައީސްގެ ކެބިނެޓަށްވެސް ރުހުން ނުދޭނެ ކަމަށެވެ.
އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެޖަލްސާ ބޭއްވުމަށް އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖަލްސާ ބޭއްވޭގޮތް ވަނީ ނުވެފައެވެ.
އެހެންކަމުން މިއަދުގެ ޖަލްސާއަށް މަޖިލީހުން އެޖެންޑާ ކޮށްފައިވަނީ ދަޢުލަތުގެ ބަޖެޓް ހުށައެޅުމެވެ. ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ. އެހެންކަމުން މިއަދަކީ ޤާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ދުވަހެވެ.
ނަމަވެސް ބަޖެޓް ޖަލްސާ ބޭއްވުމަށްވެސް އެމްޑީޕީން ދަނީ ހުރަސްއަޅަމުންނެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލާގައި މަޖިލީހުން ޢަމަލުކުރަމުންދަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި އެ ކޯޓުން މިހާތަނަށް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު