މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ނޫންކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.
އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ނެގީ އެމްޑީޕީން ޑިމޮކްރެޓުންނާއެކު އެއްބަސްވުމަކަށް އައުމަށްފަހު ކަމަށެވެ. އޭގެ ފަހުން އަލުން އެ މައްސަލަ ވެއްދުމަކީ އެންމެ ރިވެތި ނަމޫނާ ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލެންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި އެމައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ހާމަވަނީ އެމްޑީޕީގެ ލީޑާޝިޕުގައި އަމާޒެއް ނެތްކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
“ގަވައިދުން ބޭރުވެެގެން ގާނޫނު އަސާސީން ބޭރުވެގެން ރިޔާސަތުން ކަމެއް ނުކުރޭ. ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރަމުންދަނީ ގަވައިދުތަކާއި ގާނޫނުތަކާ އެއްގޮތަށް.” އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ފެނިގެންމިދަނީ އެމްޑީޕީގެ އިސްބޭފުޅުން މަޤާމަށްޓަކާ ގަދަބާރުން ކޮންމެކަމެއް ކުރަން ތައްޔާރަށް ތިބި މަންޒަރުކަމަށެވެ. އަދި މަޝްވަރާގެ ބަދަލުގައި ގަދަބާރުން ކަންކަން ކުރަން އުޅެނީ ކަމެއްކުރަން ޢަމުދުން ނޭނގޭތީ ކަމަށް އާޒިމް މިއަދު ވިދާޅުވިއެވެ.
އާޒިމް މިމޭރުމުން ވިދާޅުވެފައި ވާއިރު އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ މަސައްކަތް ނުނިންމައި މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދިއުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ޢަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެމައްސަލަ އެކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު