ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް (ކ)
ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް (ކ)
ޕީޕީއެމްގައި މިހާރު ތިބި މެންބަރުން ޕީއެންސީއަށް ނުވަައްދާނެ ކަމަށް ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

އަދުރޭ މި މޭރުމުން ވިދާޅުވީ ޕީއެންސީއަށް 10،000 މެންބަރުން ހަމަަކުރަން އެޕާޓީގެ ރައީސް، އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވަނީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ފޯމުފުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޕާޓީއަށް މެންބަރުން އިތުރުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީ ބޮޑުކުރުމަށް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ރައީސް ޔާމީނާއި ޕީޕީއެމަށް ދެރައެއް ދެއްވުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

“ޕީއެންސީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތަކީ ޕީޕީއެމަށް ނުވަތަ ރައީސް ޔާމީނަށް ގެއްލުން ދިނުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން.” އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ މެންބަރުން ކޮންމެހެން ޕީއެންސީއަށް ބަދަލުވާން ނުޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ޑރ. މުޢިއްޒު ފަހުން ވިދާޅުވެފައިވަނީ ޕީއެންސީއަށް މެންބަރުން ހަމަކުރާއިރު ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕީއެންސީއަށް ބަދަލުނުކުރުމަށް އެދިލައްވާ ކަމަށެވެ.

ޑރ. މުއިއްޒު އަމާޒު ހިއްޕަވާފައިވަނީ ތިން މަހުގެ ތެރޭގައި ޕީއެންސީ އަށް ދިހަހާސް މެންބަރުން ހަމަކުރެއްވުމެވެ. އަދި މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން އެކުގައި ވާދަކޮށް މެޖޯރިޓީ ހޯއްދަވާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީ އަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ޕީޕީއެމްގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ޕާޓީގެ ލީޑަރޝިޕްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެތީ އުފެއްދި ބެކަޕް ޕާޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން