ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މާލީ ވުޒާރާއިން މަޖިލީހަށް ހުށައެޅި ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވަނީ 1.15 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން މަޖިލީސް އިންތިޚާބަށް 61 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންހެނުންގެ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
2019 ގައި ބޭއްވި މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނަށް ހަމަޖައްސައިދީފައިވަނީ 89 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށެވެ. މިހާރު މަޖިލީސް އެކުލެވިގެންވަނީ 87 ދާއިރާއަށެވެ.
އެގޮތުން މަޖިލިސް 2024 އަށް އިތުރުވި 6 ދާއިރާއަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ) އާއި ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ) އާއި ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) އާއި ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.
އެ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނި ކަމަށް އީސީން މަޢުލޫމާތުދެއެވެ.
އަދި ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ" ގެ ނަމަށް ބަދަލުވާނެ ކަމަށް އީސީގެ ވަގުތީ ރިޕޯޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު