ހަތަރު ކައުންސިލެއްގެ ބައި-އިލެކްޝަން ޑިސެމްބަރު މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިއަހަރުގެ ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވަނީ ހއ. ކެލާ، އދ. ހަންޏާމީދޫ، ނ. މާފަރު އަދި ތ. ގުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަނެވެ.

އީސީން ބުނީ އެދުވަހު އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރާއި، އދ. ހަންޏާމީދޫ އާއި ނ. މާފަރުގެ ކައުންސިލް މެންބަރު އަދި ތ. ގުރައިދޫ ކައުންސިލް ރައީސް ކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 01 ވާ ބުދަ ދުވަހުގެ 14:00 އިން ފެށިގެން، 2023 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން