އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މިބިލަކީ ސަރުކާރުގެ ފަރާތުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ހުށައަޅުއްވާފައިވާ ބިލެކެވެ. މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާއިން ފުރަތަމަ ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރަމުންދާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު 09 ނޮވެމްބަރުގެ 12:00ގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުން އެދިފައިވަނީ މިބިލަށް އެއްވެސް ފަރާތަކުން ހިޔާލެއް ހުށައަޅުއްވަން ބޭނުންވާނަމަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެއިލަށް ނުވަތަ އެ އިދާރާއަށް ލިޔުމުން އެކަން ހުށައެޅުއްވުމަށެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އަވަހަށް ފާސްކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިންވެސް މީގެ ކުރިން ވަނީ ގޮވާލައިފައެވެ. ނަމަވެސް 4 ޖަލްސާއެއްގައި މެންބަރުން ބަހުސްކުރުމަށް ފަހުވެސް ވޯޓަށް އެހުމާ ހަމައަށް ނުގޮސް އެ ބިލުގެ މަސައްކަތް މަޖިލީހުގައި އޮތީ މަޑުޖެހިފައެވެ. އަދި މިހާރު އިބްތިދާއީ ބަހުސް ނިންމުމަށްފަހު ބިލު ދިރާސާކުރަމުންދަނީ އިޤްތިޞާދީ ކޮމިޓީގައެވެ.

ސަރުކާރުން މިބިލު ހުށަހަޅާފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމުއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން