މެލޭޝިއާއަށް އެތެރެވުން އިއްޔެ ހުއްޓުވި މަދަނީ އަބްލޯ މިރޭ ރާއްޖެއަށް ފުރުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ މެންބަރު އަބްދުﷲ މުހައްމަދު އިއްޔެ މެލޭޝިއާއަށް ވަޑައިގަތުމުން އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އޭނާ ހިފަހައްޓާފައެވެ.

ނަމަވެސް މިރޭ އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.



މަދަނީ އަބްލޯ އަކީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މެލޭޝިއާއިން އޭނާ ހިފަހައްޓާފައިވަނީ މެލޭޝިއާ ސަރުކާރުން ބަލަހައްޓާ ލިސްޓެއްގައި އޭނާގެ ނަން އޮތުމުން ކަމަށްވެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މެލޭޝިއާއަށް ވަޑައިގަތުމުން އެގައުމުގެ އިމިގްރޭޝަނުން މަދަނީ އަބްލޯ ހިފެހެއްޓިކަމުގެ މައުލޫމާތު މެލޭޝިއާ ހައިކޮމިޝަނަށް ލިބުނީ އެގައުމުގެ ގަޑިން ރޭ 9:40ހާއިރު ކަމަށެވެ. މަދަނީ އަބްލޯ ހުއްޓުވި ސަބަބެއް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޝާމިލް

03-Nov-2023

މަދަނީ އަބުލޯ އެއް ނޫން. މަދަނީ އަބްދުﷲ. ރަނގަޅުކޮށްލާ



ޓްރެންޑިން