އަންނަ އަހަރުން ފެށިގެން ސަރުކާރުން ނަޞްރުގެ ދުވަހަށް ފުރިހަމަ ސަމާލުކަންދޭނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ނުރައްކާތެތި އެންމެ ބިރުވެރި އަދި އެންމެ ގެއްލުން ބޮޑު އެއް ޙަމަލާއެވެ.

އެދުވަހު ދިވެހި ސިފައިން ހޯދި ނަޞްރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ނަޞްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެހެންކަމުން 2024 އިން ފެށިގެން ނަޞްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިނެއްވީ ބުރާސްފަތި ދުވަހަކީ ދިވެހި ޚާއިނުންގެ މަދު ބަޔަކު ލަންކާ ތަމަޅައިންގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން މި ދިވެހިރާއްޖެއަށް ޙަމަލާދީ ހިތްވަރުގަދަ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އެއްވެސް ކުށެއް ނެތް ދިވެހި ރައްޔިތުންގެ ތެރެއިން 11 ޢާންމުންނާއެކު ޖުމްލަ 19 ދިވެހިން ޝަހީދުކޮށް އެ ޝަހީދުންގެ ލެއިން މިދިވެހި ފަސްގަނޑު ރަތްކޮއްލި ނުރައްކާތެރި ދުވަހެވެ.

ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 ވަރަކަށް ހަނގުރާމަވެރިންނާއި އެކު ނޮވެމްބަރ 3 ގެ ހަމަލާގައި ޢަމަލީ ގޮތުން ބައިވެރިވި ދެ ދިވެހިންނަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. މި ދެމީހުންގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ދިވެހިންނަށް އެޙަމަލާގެ މަޢުލޫމާތު އެނގި ސިއްރު ކޮށްފައިވާތީ ދަޢުލަތުން ވަނީ އަދަބު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން