ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ޑރ. ސައްތާރު މިމޭރުމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ”ފަލަސްޠީނު ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވީ އިސްރާއީލަކީ ޔަޤޫބުގެފާނުގެ ލަޤަބެއްކަމަށެވެ. އަދި ޔަހޫދީންނަށް މިނަން ކިޔުނު ގޮތާއި ޔަހޫދީންނަކީ ކޮބައިކަން ޑރ. ސައްތާރުވަނީ ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ.
ޑރ. ސައްތާރު ވިދާޅުވީ ޔަހޫދީންގެ ނުބައިކަން މިދަނީ ފެންނަމުންކަމަށާއި އެހެންނަމަވެސް ޤިޔާމަތާ ހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާކަމަށް ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން ބަނީ އިސްރާއީލަށް ދެއްވި ނިޢުމަތްތަކާއި އެމީހުންގެ ފަސާދަކުރުމާއި، އެމީހުން ހަދާފައިވާ ދޮގުތަކާގުޅޭ ގޮތުން ޤުރުުއާނާއި ސުންނަތުން ސާބިތުވާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޑރ. ސައްތާރުވަނީ މި ފޯރަމްގައި ކިޔައިދެއްވާފައެވެ.
މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވީ ފަލަސްޠީނުގައިވާ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާ އެތަނުގައިވާ މުސްލިމުންގެ ލޭ އޮހޮރުވަމުންދާ މިފަދަ ދަނޑިވަޅެއްގައި ފަލަސްތީނުގެ ތާރީޚުގެ ވާހަކަދެއްކުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
އެގޮތުން ފަލަސްޠީނަކީ ވަރަށް ޤަދީމީ ތާރީޚެއްވާ ޤައުމެއްކަމަށާއި އެތައް ސަތޭކަ ފޮތެއްގައި އެ ޤައުމުގެ ތާރީޚް ލިޔެވިފައިވާކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ. އަދި ފަލަސްތީނުގައި އެންމެ ފުރަަތަމަ ވަޒަންވެރިވެފައިވަނީ ޢަރަބި ޖަޒީރާއިން އައި ޤަބީލާތަކަކުން ކަމަށާއި ފަލަސްޠީނުގެ ބިން މަޝްހޫރުވެފައިވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2600 އަހަރު ކުރިންކަމަށް ޝައިޚް ވިދާޅުވިއެވެ.
ހަމައެއާއެކު ފަލަސްތީނުގެ ބިން މަޝްހޫރުވެފައިވަނީ ކަންޢާނީންގެ ބިމުގެ ގޮތުގައިކަމަށާއި އޭރު ޔަހޫދީން އެތަނަށް ދާން ނުވެސް ފަށާކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ. އަދި ބަނީ އިސްރާއީލަށް ފަލަސްތީނުގައި ވެރިކަމެއް ގާއިމްކުރެވުނީ ދާއޫދުގެފާނުގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރުގެ ޔަހޫދީންނަށް ފަލަސްޠީނަކީ ތިމަންމެންގެ ބިމެކޭ ބުނެވޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދެއްވަމުން، އެމީހުންގެ ދަޢުވާތަކަށް ބައްލަވައި ޝައިޚް ވިދާޅުވީ އެމީހުންގެ ދީނީ ހައްޤެއްވާކަމަށް އެމީހުން އެ ބުނާ ބުނުމަކީ ދެކޮޅު ނުޖެހޭ ބުނުމެއްކަމަށެވެ.
ޝައިޚް އާމިރު ވަނީ ކަންޢާނީން ފަލަސްތީނުގައި އުޅެން ފެށުމާއި ޢުމަރުގެފާނާއި ހަމައަށް އެދެމެދުގައި ހިނގިކަންތައްތަކަށް ބައްލަވަމުން، އެ ޤައުމުގައި ވެރިކަން ކުރެއްވި ގޮތްވެސް ތަފްސީލްކޮށްދެއްވާފައެވެ. އަދި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިިވެސް އިސްލާމްދީނުގެ ރިވެތި އަދަބު އަޚްލާގު މުސްލިމުން އަބަދުވެސް ދައްކާކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ޒަޔަނިސްޓުންނަކީ އިސްތިއުމާރީ ބާރެއްކަމާއި ޔަހޫދީން ފަލަސްޠީނު ބިމަށް އަންނަންފެށީ ސަޙްޔޫނީ ހަރަކާތް 1897ގައި ފެށުނު ފަހުންކަމަށެވެ. އަދި އިސްރާއީލު އިޢުލާންކުރެވިގެން ދިޔައީ 1948ގައި ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. އަދި ފަލަޞްތީނުގެ މުޤައްދަސް ބިމުގެ ދިފާޢުގައި މުސްލިމުން ވީ ގުރުބާނީއަށްވެސް ޝައިޚްވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
ޝައިޚް ވިދާޅުވީ މުސްލިމު ކޮމާންޑަރުންގެ ސިކުނޑިތަކުން ފަލަސްތީނު ނުދިޔަ ނަމަވެސް، މިއަދު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއްކަމަށެވެ. ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން، އެ ބިން މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އިސްލާމީ އުންމަތް ބައިބައިވެފައިވާވަރު ފެނިގެންދާކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކޮންމެ މީހަކުވެސް އަވަސްވާންޖެހޭ ކަމަށް ރޭގެ ފޯރަމްގައި ޝައިޚް އާމިރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު