އާސަރުކާރުގެ އިސްކަންދޭ ލިސްޓުގައި ނެތީ ވައްކަމާ ކަރަޕްޝަން ހުއްޓުވުން ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އާސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ ލިސްޓަށް ފާޑުވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝިފާއު ވިދާޅުވީ އަންނަންހުރި ރައީސް އިސްކަންދޭ ކަންކަމުގެ ލިސްޓް ވަރަށްދިގު ކަމަށެވެ. ނަމަވެސް އެލިސްޓުގައި ކޮރަޕްޝަން ހުއްޓުވުން ނެތްކަމަށް ޝިފާއު ވިދާޅުވިއެވެ.

“މިހާރު އިސްކަން ދޭލިސްޓުގަނެތީ ހަމައެކަނި ވައްކަމާ ކަރަޕްޝަން ހުއްޓުވުން.” ޝިފާއު ވިދާޅުވިއެވެ.



ޝިފާއު މިމޭރުމުން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ފަރާތެއް ފާހަގަވެއްޖެނަމަ އެކަމަށް އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

“އިހުލާސްތެރި ތެދުވެރި މަސައްކަތެއް ކުރަން ނޫނިއްޔާ ނާދެވޭނެ.” ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މުޢިއްޒު ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެމަނިކުފާނުގެ ކުރިމަތީގައި ދިވެހި ހުރިހާ ރައްޔިތުންވެސް ހަމަހަަމަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ތިބޭނީ ތަޢުލީމީ ޤާބިލް އިޙްލާސްތެރި ބޭފުޅުން ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަދުރޭ

04-Nov-2023

އެކަން ހުއްޓުވަން އައިމީހުން އެކަންނުހުއްޓުވާތިބެ ކުރީވެސްހައެކަން މީދޮގެއްތޯ ؟



ޓްރެންޑިން