ސުޖާއު (ކ) ރައީސް ޔާމީންގެ އަރިހުގައި
ސުޖާއު (ކ) ރައީސް ޔާމީންގެ އަރިހުގައި
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑިއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

ސުޖާއަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. އެ ދާއިރާގައި ބާރަށުގެ އިތުރުން ދެން ހިމެނެނީ އުތީމާއި މުރައިދޫ އަދި ތަކަންދޫ އެވެ.

ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ޝުޖާއު މިއަދު ވިދާޅުވީ ކުރިއަށްއޮތް އިންތިޚާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރަށްވާނެ ކަމަށެވެ. އަދި އޭނާއަށް ބާރަށު ދާއިރާގެ ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް އުންމީދު ކުރަށްވާކަމަށް ސުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ އަޅުގަނޑުގެ މި މަސައްކަތަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން." ޝުޖާއު ވިދާޅުވެފައިވެއެވެ.



ސުޖާވަނީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ބާރަށު ދާއިރާއަށް ވާދަކުރަށްވާފައެވެ. ނަމަވެސް އެފަހަރު އިންތިހާބު ކާމިޔާބުކުރެއްވީ، ބާރަށު ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ކެމްޕޭން ފަށާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން