ރާޅާއެޅުންތެރިޔާ އަހުމަދު އަޒްނިލް
ރާޅާއެޅުންތެރިޔާ އަހުމަދު އަޒްނިލް
އިޒްރޭލަށް ތާޢީދު ކުރާކަން މީސްމީޑިއާގައި ހާމަކުރި ދިވެއްސަކަށް ޙަމަލާދީފިއެވެ.

ފުލުހުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ދެ ވަނަ މާރާމާރީ ހިންގީ ހޮނިހިރު ދުވަހުގެ ރޭގެ 10:34 ހާއިރު ހެންވޭރު ގެއެއްގެ ތެރޭގައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މާރާމާރީތަކާ ގުޅިގެން ފުލުހުން އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި ރޭ ޙަމަލާދީފައިވަނީ އިޒްރޭލަށް ތާއީދުކުރާކަމަށް މީސްމީޑިއާގައި ހާމަކުރި ރާޅާއެޅުންތެރިޔާ އަހުމަދު އަޒްނިލް އަށެވެ.

އޭނާވަނީ "އައި ސްޓޭންޑް ވިތު އިޒްރޭލު"ގެ ނަމުގައި އެޤައުމުގެ ދިދަ މީސްމީޑިއާގައި ޙިއްސާކޮށްފައެވެ. އެކަމާގުޅިގެން ސާފިން އެސޯސިއޭޝަނާއި، ބޮޑީބޯޑިން އެސޯސިއޭޝަންގެ އިތުރުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގުޅިގެން "ބޭން އިޒްރޭލު"ގެ ނަމުގައި ޕެޓިޝަނެއްވެސް ކުރިއަށް ގެންދިޔައެވެ.

ރޭ އަޒްނިލްއަށް ޙަމަލާ ދިނުމުން އޭނާ އެ ސަރަހައްދުން ގެންގޮސްފައިވަނީ ފުލުހުންގެ ހިމާޔަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢަބްދުﷲ

06-Nov-2023

މިރާއްޖޭގެ ބިމުގައި ހުރެ އިޒުރޭލަށް ތާއީދު ކުރުމަކީ މެސްލިމުން ގެ ގޮތުގައި ތިބި ދިވެހިން ބަލައި ގަންނާނެ ކަމެއްނޫނެވެ ދިވެހިންގެ ދުޝްމިނަކު ނޫނީ އަޒްރޭލަތާއީދު ނުކުރާނެ ދުޝްމިނުން ގެ ގައިގާ ފިރުމުން އެއީ އެއްވެސް ބަޔަކު ކުރާނެ ކަމެއްނޫން



ޓްރެންޑިން