ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަވަން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އިވާ އުޒުރުވެރިވުމުން ދެންއޮންނަ ޖަލްސާއަކަށް އެމައްސަލަ އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާއަށް މިއަދު އީވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ވަކި ގޮތެއް ކަނޑައަޅައިފިނަމަ އެކަމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުން މައްސަލަ ނިންމުމުގެ ކުރިން މަޖިލީހުން ވަކިގޮތެއް ނިންމުމަކީ މަޖިލީހުން މީގެ ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫންކަން އީވާގެ ސިޓީގައި ވަނީ ފާހަގަ ކުރަށްވާފައެވެ
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ވަނީ މިކަމުގައި ކަންހިނގާފައިވާގޮތުގެ ޓައިމްލައިން މީޑިއާ އާއި ޙިއްސާ ކޮށްފައެވެ.
މަޖިލީހުގެ އިދާރާއިން ބުނީ 31 އޮކްޓޯބަރުގައި އީވާ ފޮނުއްވި ސިޓީއެއްގައި ސުޕްރީމް ކޯޓުގައި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އޮތުމުން އިތުބާރުނެތްކަމުގެ ޖަލްސާ ބޭއްވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވި ކަމަށެވެ. އަދި ހަމަ އެދުވަހު ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށް މަޖިލީހުގެ އިދާރާއިން އީވާއަށް ޖަވާބު އަރުވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
"1 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް ނައިބު ރައީސް ވަނީ ސަލާމް ފޮނުއްވާފަ. މިއަދު 05 ނޮވެމްބަރުގައި ސިޓީއަކުން ވިދާޅުވީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތީމަ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް." މަޖިލީހުގެ އިދާރާއިން މީޑީއާތަކަށް ފޮނުއްވި މެސެޖުގައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ނައިބުރައީސް އީވާ މިއަދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަތުމާއެކު ދެންއޮންނަ ޖަލްސާއަކަށް އިތުބާރުނެތްކަމުގެ ޤަރާރުގެ މައްސަލަ އެޖެންޑާ ނުކުރާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަން ބަޔާންކޮށް މަޖިލީހުން އީވާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ ތަފާތު ދެކަމެއް ކަމަށް މަޖިލީހުގެ އިދާރާއަށް ޤަބޫލުކުރެވޭކަމަށް އެސިޓީގައިވެއެވެ.
ނަމަވެސް އީވާ މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ގޮތެއް ނިންމުމަކީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިރާމް ކުޑަކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުންގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެ ހުރިހާ ދުވަހަކުވެސް މަޖިލީހަށް ސަލާމް ވިދާޅުވެފައެވެ.
މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ. އަދި އެމްޑީޕީން ވަނީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް 3 ލައިން ވިޕްވެސް ނެރެފައެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލައަށް ހައްލެއް ހޯދަން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ އިރު އަންނަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 43 ވޯޓު ބޭނުންވާނެއެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު