ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.

އިންތިޤާލީ މަރުޙަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ސިންގަޕޫރު ދަތުރުފުޅަށްފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ.

އޮކްޓޯބަރު 30 ވަނަ ދުވަހު ޑރ. މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިސް ސިޔާސީ ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. ނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރަށްވާފައެއް ނުވެއެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ޑރ. މުޢިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން