އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ރައީސް އަބްދުއްރައްޒާޤު އަބްދުލްބާޤިރު
އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ރައީސް އަބްދުއްރައްޒާޤު އަބްދުލްބާޤިރު
އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ރައީސް އަބްދުއްރައްޒާޤު އަބްދުލްބާޤިރު އެޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ޕާޓީން އިސްތިޢުފާ ދެއްވުމަށްފަހު އަބްދުއްރައްޒާޤު ވަނީ އޭނާގެ އިސްތިޢުފާގެ ސިޓީ މީސް މީޑިއާގައި ޢާއްމު ކުރަށްވާފައެވެ. އެ ސިޓީގައި އަބްދުއްރައްޒާޤު ވިދާޅުވެފައިވަނީ، އެމްޑީޕީން އިސްތިޢުފާ ދެއްވާ ކަމަށާއި، އޭނާގެ ނަން އެޕާޓީގެ ދަފްތަރުން އުނިކޮށް ދެއްވުމަށް އެދިލައްވާ ކަމަށެވެ.

އަބްދުއްރައްޒާޤަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމަށް ގަދައަޅައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްވެސް އޭނާ ވަނީ ޢަމަލީ ގޮތުން އިސް މަސައްކަތްތަކެއް ކުރަށްވާފައެވެ.

މެދުހެންވޭރު ދާއިރާގެ ރައީސްގެ މަޤާމުންނާއި ޕާޓީގެ މެންބަރުކަމުން އަބްދުއްރައްޒާޤު އިސްތިޢުފާ ދެއްވާފައިވާއިރު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގައި ހައުސިން މިނިސްޓްރީން އިހުމާލު ވެފައިވާކަމަށް ބުނެ އެމްޑީޕީގެ މީސްމީޑިއާ ބައެއް ގްރޫޕްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް އަބްދުއްރައްޒާޤް އެމްޑީޕީން ވަކިވި ސީދާ ސަބަބު ސާފުވާގޮތްވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން