ނޮޮވެމްބަރު 17 ގައި އިސްލާމީ މަރުކަޒަށް ނަމާދަށްދާ މީހުން މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި ދެކުނު ފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި އެދުވަހު އެ ސަރަހައްދު އާންމުންނަށް ބަންދުވާނެ ކަމަށެވެ.

އެހެންކަމުން އެދުވަހު އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން މިސްކިތަށް ވަންނަން މެދުޒިޔާރަތްމަގު، ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތުން ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިޚާބީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ދަރުބާރު އޮންނާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމއްޔާތަށް 3500 މީހުންނަށް ދަޢުވަތު އަރުވާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން