ސިޔާސީ ގޮތުން މިހާރު ހުންނެވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާ އެކު ކަމަށް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރ އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އަދުރޭ ވިދާޅުވެފައިވަނީ އަބަދުވެސް އޭނާގެ ސިޔާސީ އުސްތާޛަކީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވުމުންވެސް އެކަމަށް ތަބާނުވީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކަށް ވާނީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ވެރިކަމެއް އުފެދިގެންކަމަށް ޤަބޫލު ކުރެއްވޭތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސިޔާސީ ގޮތުން މިހާރު ހުންނެވީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާ އެކީގައި ކަމަށާއި، ސިޔާސީ މަޝްވަރާ ކުރެއްވުމުގައިވެސް އިސްކަން ދެއްވަނީ ޑރ. މުޢިއްޒަށް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުން ގޭބަންދަށް ބަދަލު ކުރެއްވިފަހުން ރައީސް ޔާމީނާ ވާހަކަ ދެކެވިފައި ނެތްކަން އަދުރޭ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަބްދުއްރަހީމް ގަބޫލު ކުރައްވަނީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކީ އަދިވެސް ޔާމީން ކަމަށެވެ.

އޭނާގެ ސިޔާސީ ޙަޔާތުގައި ރައީސް ޔާމީނުގެ ސިޔާސީ ނިންމެވުމަކާ ދެކޮޅަށް މިހާތަނަށް ނިންމެވި ހަމައެކަނި ނިންމެވުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ނިންމި ނިންމުން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދ އެގޮތަށް ނިންމާފައިވަނީ ދެޕާޓީގެ ސެނެޓުގެ ރުހުމާ އެކީގައި ކަމަށާއި ރައީސް ޔާމީނުވެސް ފަހުވަގުތު އެކަމަށް ރުހުން ދެއްވިކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.

"އެއީ ރައީސް ޔާމީންގެ އެންގެވުމަކާ ދެކޮޅަށް އަޅުގަނޑަށް ނިންމުނު ފުރަތަމަ ކަންތައް." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ރައީސް ޔާމީންގެ މި މެސެޖާއެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހިނގި ހަމަނުޖެހުން ތަކަށްފަހު ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އަލިހޮއްކޮ

07-Nov-2023

އެންމެ ފަހު ވަގުތު ބުރަކައްޓަށް ވަޅިޖެހި މީހަކު އަދިހަމަ އަނެއް ފުޅަށް މަތިންވެސް ފުންމާލާނެއެވެ. ބަލަން ތިބޭށެވެ. މުއިއްޒަށް އެންމެ މުހިންމު ދަނޑިވަޅުގައި މުއިއްޒަށްވެސް ހަދާނީ ހަމަ އެހެންނެވެ.



ޓްރެންޑިން