ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި އެ މާލީ ބަޔާންތަކަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު، ހުށަހަޅާ އޮޑިޓް ރިޕޯޓްތަކަށް ވާންޖެހޭނެކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިހާބުގެ ފުރަތަމަބުރުގައި ވާދަކުރެއްވި ޒަމީލް ފިޔަވާ އެއްވެސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށައަޅާފައި ނުވާ ކަމަށެވެ. މާލީ ބަޔާން ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައިފިނަމަ މިހާރު އޮންނަގޮތުން ޖޫރިމަނާ ކުރެވޭނެއެވެ.

ހަބީބް ވިދާޅުވީ ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ފައިސާގެ ހުރިހާ މުޢާމަލާތުތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ރައީސް

08-Nov-2023

އެހެންވީމާ، ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާތިލުކޮށް، ޒަމީލުބެއަށް ރައީސްކަން ދޭން ނިންމާ!


-1

ޢަތްޔަ

07-Nov-2023

ޢިލެކުސަން ކޮމިސަނައްނޮއޮވެތަ ކެންދަސިބަތިލް ކުރުމުގެ ބަރެއް ގަނުނިގޮތުންފުރިހަމަކުރަންޖެހެ ކަންކަން ފުރިހަމަނުކުރިމަ ނެތިއްޔަ ދެންއެއޮނނަގޮތަކަތް އަމަލުކުރިމަހުއްނަނިރަނގަލަތް ނުޖެހެ އެމިހުންކައިރިއަދެސްކުރަކައް



ޓްރެންޑިން