ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީން މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 އާ ހަމައަށް ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސަކީ އިންވެސްޓަރުން އިންވެސްޓުކުރާ ގައުމުތަކުން ރެޒިޑެންސީ ދިނުމާ ގުޅޭ ގޮތުން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ އިތުރުން މި ކޮންފަރެންސްގައި ގްރެނަޑާގެ ރައީސް ޑިކޮން މިޗެލް ވެސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިކޮންފަރެންސްގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިން ބައިވެއެވެ.

ދުބާއީއަށް ކުރަށްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު 11 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން