އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެ މަޤާމުން އިސްތިޢުފާ ދެއްވަން ތައްޔާރުވަމުންދާކަން އިޢުލާނު ކުރަށްވައިފިއެވެ.

އައިއޯސީސީ ގެ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރުމަށް ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި އައިއޯސީސީގެ ރައީސް ޑރ. ޝަހީމް ވިދާޅުވީ، އާ ސަރުކާރުގެ އިސްމަގާމަކަށް ވަޑައިގަތުމަށްޓަކައި އެ ޖަމުޢިއްޔާގެ ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީމް އައްޔަން ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމަށެވެ.

ރޭގެ ހަފުލާގައި ޑރ. ޝަހީމް ވިދާޅުވީ، "އިސްލާމީ ނަޒަރިއްޔާތު" ފޮތުގެ ބޭނުމަކީ އިސްލާމީ ނަޒަރަކުން އޭނާގެ ފިކުރު އެކި ކަންކަމާ ގުޅޭ ގޮތުން ބަޔާން ކޮށްދެއްވުން ކަމަށެވެ. އަދި އައިއޯސީސީން ނެރޭ ފޮތްތަކަކީ އިސްލާމީ ތައުލީމަށް ވަގުފު ކޮށްފައި ހުރި ތަކެތިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. ހަމައެއާއެކު މިހާރު ވެސް އެ ޖަމާއަތުގެ އެހީގައި 11 ދަރިވަރަކު ޕީއެޗްޑީ އަށް ކިޔަވަމުން އަންނަކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އިސް މަޤާމަކަށް ވަޑައިގަންނަވާނެކަން ޑރ. ޝަހީމް އިޢުލާނު ކުރަށްވާފައިވާއިރު ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް ޔާމީނު ދެ ވަނަ ދައުރަކަށް 2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކީވެސް ޑރ. ޝަހީމެވެ.

ޑރ. ޝަހީމް މީގެ ކުރިން ވަނީ އިސްލާމިކް ޔުނިވަސީޓީގެ ޗާންސެލާކަމާއި، އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ) ގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވ

07-Nov-2023

ދެމަގާމު އަދާނުކުރެވެނީބަ ކޮމްމެތަނަކަންވެސް ބޭނުންވަނީ ގާބިލުބޭފުޅުންކަމަންވާއިރު އެފަދަބޭފުޅުންވަކިވުމަކީ ފޫނުބެދޭފަދަ ބާގަޑެއް އުފެދޭނެކަމެއް



ޓްރެންޑިން