އެމްޑީޕީގެ އިސްވެރިންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެކަމަށް އެޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވީ އެމަނިކުފާނު މިހާރު ޔޫއޭއީއަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން އުޅުއްވަނީ ކުޑަކުދިން އުޅޭގޮތަށް ކަމަށާއި އެމްޑީޕީގެ އިސްބޭފުޅުން މިހާރު ތިއްބެވި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން އެބޭފުޅުން ބޭރު ކުރަށްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ގެއްލުމަކީ ދެން ކުރިމަތިވާން ހުރި ކަންކަމާ އަޅާކިޔާއިރު ކުޑަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ސިޓީ ފޮނުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އަދި ރައީސްގެ ކޮއްކޯފުޅު ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިވަގުތު ވަޑައިގެން ހުންނެވީ ދުބާއީގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބިސް

09-Nov-2023

މީ އެހާ މޮޅު ގޮލައެއްތަ


7

ޚަލިމަތަ

09-Nov-2023

މަރުދުރު މޮޔަވީ ކަންނޭގެ.



ޓްރެންޑިން