ވ. ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުގެ ޚިދުމަތްތައް ފޯރުކޮށްނުދިނުމަށް ނިންމާފައިވާ ނިންމުން އެކައުންސިލުން ބާތިލުކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ހިދުމަތް ނުދޭ ގޮތަށް މިދިޔަ ބުދަ ދުވަހު ނިންމި ނިންމުން މުރާޖައާކޮށް އެބައި އުނިކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ދިން ފަސް ދުވަހުގެ މުއްދަތު ވެސް ތިން މަސް ދުވަހަށް ވަނީ ދަންމާލާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ފެލިދޫ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުގެ ޚިދުމަތްތައް ފޯރުކޮށްނުދިނުމަށް ކައުންސިލުން ނިންމީ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ. ނަމަވެސް ކައުންސިލުން މިއަދު ބުނީ މީހުންގެ ނަން އިއުލާންކުރާނީ މިއަދު އެކައުންސިލުން ނިންމި މުއްދަތަށްފަހު ކަމަށެވެ.
މި މައްސަލާގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއިން ބުނީ ކައުންސިލްތަކުގެ ނިންމުންތައް ނިންމަންވާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގަަކަށް އެއްވެސް ކަހަލަ އުނިކަމެއް ނުލިބޭގޮތަށް ކަމަށެވެ.
ހަމައެއާއެކު ކައުންސިލްތަކުގެ ނިންމުންތައް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ލިބިފައިވާ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ. އަދި ކައުންސިލަކާއި ރައްޔިތަކާއި ދެމެދުގައިވެވޭ މުއާމަލާތެއްގެ ސަބަބުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެފަރާތަކާމެދު ފިޔަވަޅު އަޅަންވާނީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.
“ކައުންސިލުން ނިންމާ ނިންމުންތައް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރުލިބިގެން ނިންމާ ނިންމުމަކަށެވެ.” އެލްޖީއޭގެ ބަޔާނުގައިވެއެވެ.
އެލްޖީއޭގެ ބަޔާނުގައި ބުނީ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއާމަލާތްތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ބޮޑެތި ދަތިތައް ކުރިމަތިލާންޖެހޭ ކަންވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު