ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ލިބޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ލިބިގެންދާނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން، ޤައުމު އިސްކޮށް މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

ޑރ. މުޢިއްޒުގެ ކުރު ޚިޠާބުގައި ވިދާޅުވީ ރާއްޖެއަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި، އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށެވެ.

“އެހެންވީމަ، މި ގޮތުގައި ކުރިއަށް ދިޔުމަށް ހުރިހައި ބޭފުޅުންނަށް، މި ތަހުނިޔާ އަރިސް ކުރަމުން އަޅުގަނޑު އިލްތިމާސް ކުރަން.” ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.



ޑރ. މުޢިއްޒު ވަނީ މިއަދާ ހަމައަށް ޖުމްހޫރީ ނިޒާމު ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި ރައީސުންނަށާއި، ވަޒީރުންނަށާއި، ވިޔަފާރިވެރިންނަށާއި، ސިޔާސީ ޕާޓީތަކުގެ ވެރިންނަށާއި، ޤައުމު މި ހިސާބަށް ގެނައުމުގައި، މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރަށްވާފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްގެ ގޮތުގައި ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރަށްވާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. 30 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ 54 އިންސައްތައިގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ ޤާއިމް ކުރެވުނު ދުވަހެވެ. އެއީ މީލާދީ ސަނަތުން 11 ނޮވެމްބަރ 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.


ކިޔުންތެރިންގެ ހިޔާލު


5

އިއްބެ

11-Nov-2023

މުއިއްޒުހައުސިންމިނިސްޓްރީގައިހުރިއިރުސިޓީކައުންސިލާދޭތެރޭއެކަންނޭންގިމިއަދުއެކަންއެނގުމަކީރައްޔިތުންނަށްތެދުވެރިވުމެއްނޫން



ޓްރެންޑިން