ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާއެއް މިއަދު 11:30 އަށް އެޖެންޑާކޮށްފި އެވެ.

މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް އީވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު މީގެ ކުރިން އެތައް ފަހަރަކު އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާތައް ނުބޭއްވުނީ އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމައެކަނި މަޖިލީހުގެ ނައިބުރައީސް އީވާއަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމުންނެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުގެ ނައިބުރައީސަށް ހާޒިރުވެވަޑައި ނުގެންނެވިއްޖެނަމަ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށްވެސް މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނެ ކަމަށެވެ. އެގޮތުން މިއަދު 9:00 ގައި ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރަގެ މެންބަރު ޙަސަން އަފީފެވެ.

ނަމަވެސް މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި އޮތީ މަޖިލީހުގެ ޤަވައިދާ ހިލާފަށް ކަމަށް ވިދާޅުވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން