ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާއާއި، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.

އެމްޑީޕީން މިއަދު އެންމެ ފުރަތަމަ އިމްތިޔާޒް ކޮމިޓީއަށް ހުށައަޅާފައިވަނީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފުގެ އިންތިޔާޒާބެހޭ މައްސަލައެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ މިއަދު 11:30 ގައި ބޭއްވި ޖަލްސާ މަޖިލީހުގެ ނައިބުރައީސް އީވާވެސް ނިންމާލައްވާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިދިނުމަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ ކޮމިޓީން އީވާ އާއި އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވަނީ، ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރުންގެ އިމްތިޔާޒުގެ މައްސަލައެއް ކޮމިޓީން ފާސްކުރުމަށް ފަހު، މަޖިލިސް ތަޅުމުގައި އެކަމަށް ބަހުސްކުރުމާމެދު ވޯޓަކަށް އަހައި ގޮތެއް ނިންމަންވާނެ ކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ. އެގޮތުން ބަހުސް ކުރަން ނުފެންނަ ހާލަތުގައި އެ މައްސަލަ ނިމުނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާއާއި، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފައި ވާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަފީފު މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން