ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު އަބްދުލް މާނިއު ހުސެއިން މިއަދު އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް މާނިއު އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ.

މާނިއު ޖޭއެސްސީގައި ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އެމަގާމަަށް އިންތިޚާބުވީ 199 ވަކީލުންގެ ވޯޓާއެކުގައެވެ.

މާނިއު މަޤާމުން އިސްތިއުފާދެއްވީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމަށްކަމަށް މަޢުލޫމާތު ލިބެއެވެ.

މާނިއުވަނީ އޭނާ ޖޭއެސްސީން އިސްތިޢުފާ ދެއްވާފައިވާކަން މީސް މީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. ނަމަވެސް އިސްތިޢުފާދެއްވި ސަަބަބު ހާމަކުރަށްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން