ރައްޔިތުންގެ މަޖިލީހުގައި ދެން އޮންނަ ޖަލްސާއަކަށް ދަޢުލަތުގެ ބަޖެޓުގެ މަސައްކަތް އެޖެންޑާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ އަަމީން ޢާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓު ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ)އާއި މާލިއްޔަތު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ ދަށުން، ލަސްވެގެން މާލީ އަހަރު ފެށުމުގެ 2 މަސްދުވަސްކުރިން ހުށަހަޅަންޖެހޭ ކަމަށެވެ. އެހެންކަމުން ބަޖެޓު ހުށަހެޅުމުގެ ފަހު ތާރީޚަކީ ނިމުނު އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަސްކަން ރައީސް ނަޝީދުގެ ސިޓީގައިވަނީ ފާހަގަ ކުރަށްވާފައެވެ.

އަދި އޮކްޓޯބަރު 31 ގައި އޮތް މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުން އެޖެންޑާކޮށް އެކަން އެންގި ނަމަވެސް ދަޢުލަތުގެ މާލީ ވަޒީރު މަޖިލީހަށް ހާޒިރުވެވަޑައި ނުގަތުމުގެ ސަބަބުން ޤާނޫނުން ލާޒިމުކުރާ ގޮތަށް އެ މުއްދަތުގައި ބަޖެޓު ހުށަހެޅިފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތާއި ރައްޔިތުންގެ ބޮޑު މަސްލަހަތެއް އެކުލެވިގެންވާ ކަމެއް ނުކުރެވި ލަސްވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރުވެސް ބަޖެޓު ހުށަހެޅުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި، އެ މަސައްކަތަކީ ޤާނޫނު އަސާސީއާއި ޤާނޫނުން ވަކި މުއްދަތެއްގެ ތެރޭގައި ކުރުން ލާޒިމުކުރާ މަސައްކަތަކަށްވާތީ، އެ މައްސަލަ ލަސްކުރެވެން ނޯންނާނެކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވެއެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާކުރުމަށް ރައީސް ނަޝީދުވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދު މިފަދަ ސިޓީފުޅެއް މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާއިރު، މަޖިލީސް ހުއްޓިފައި އޮތުމުން އެކަމުގެ ޙައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ، މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށްދާން ޖެހޭނެ ކަމަށާއި، އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި، ޤާނޫނުއަސާސީއާއި ޤާނޫނުން ކުރަން ލާޒިމުކުރާ ކަންކަން ކުރިޔަށްދާންޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޖާނޭ

12-Nov-2023

މިހަންޑިސޮރަކީ މިގައުމަށް ޖެހިފައިވާ މާސިންގާ ބަލާއެއް


6

ދިވެހި ކަބަލުން

12-Nov-2023

މާހެޔޮ އެދޭމީހަކަށް ވެގެންއުޅޭނެކަމެށްނެތް ތިމިގައުމުގެހަލާކު އާއިލާތައް ބައިބައިކޮށްފި މިގައުމުން ބަޗާ ނަސީދު.


3

ދިވެހި ޒުވާނުން

12-Nov-2023

މަޖިލިސް ހިންގުމާމެދު ނަޝީދަށް ގޮތްކިޔޭނެ ޖާގައެއް އަދި މިވަގުތަށް ނެން



ޓްރެންޑިން