އެންމެ މީހަކު މަޖިލީސް ހިޞާރު ކުރުމުގެ ފުރުޞަތު މަޖިލީހުގެ އިދާރާއިން ފަހިކޮށް ނުދިނުމަށް ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ގިވާލައްވައިފިއެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ މަޖިލީސް ހިސާރު ކުރަށްވައިގެން އުޅުއްވާކަމަށް ސިފަކުރަށްވައި ނިޔާޒް ވިދާޅުވީ ޤާނޫނު އަސާސީގައި ވަކި މުއްދަތެއްގައި ބަޖެޓް ހުށަހަޅަން އޮންނަ ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"ވޯޓަށް ރެކިވަޑައިގަންނަވަން އެ އުޅެނީ. މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބައްލަވަން 3 ގަޑިއިރު ދެއްވާ. ފަހަރެއްގައި މޮޅުވެސް ވެދާނެ ނުންތޯ. އެބޭފުޅުން އެބަ ވިދާޅުވެ މިހާރު ލިބޭނީ 17 ވޯޓު ކަމަށް. އެހްންވީމާ ވޯޓު ނަންގަވަންވީ ނުންތޯ؟" ގަރާރުގައި ސޮއިކުރަށްވާފައިވާ މިންވަރަށް ވުރެ ވެސް ގިނައިން މިހާރު ވޯޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ނިޔާ ވިދާޅުވިއެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ މެންބަރުންވެސް މިހާރު ތިއްބެވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާގޮތަށް ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދަވަން މަޖިލީހުގެ ނައިބު ރައީސް އީވާ މަސައްކަތް ކުރައްވަމުންދާއިރު މަޖިލީހަކީ ދެ ބޭފުޅެއް ނުވަތަ 3 ބޭފުޅެއްގެ ތަނެއް ނޫން ކަމަށް ނިޔާ ވިދާޅުވިއެވެ.
އީވާ ވަނީ މިއަދުގެ ޖަލްސާގައި އެހެން ބޭފުޅަކަށް ރިޔާސަތުގެ ފުރުސަތު ނުދެއްވައި ރިޔާސަތު ހިސާރުކުރައްވާފައެވެ. މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައްވައި އީވާ ގެންދެވީ ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު