ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު މަޖިލީހުގެ އަމީން އާއްމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، އެމަނިިކުފާނު އިސްތިއުފާ ދެއްވަނީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވުމަށް ކަމަށެވެ.

މަޖިލިސް ރައީސްގެ އިސްތިޢުފާގެ ސިޓީގައި ވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓިކް އުސޫލުތަކާއި ދެކޮޅަށް އެ ޕާޓީން މަސައްކަތް ކުރަމުންދާކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި, މަޖިލީހުގެ ރައީސްކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުން. އެހެންކަމުން, މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ" ނަޝީދުގެ ސިޓީފުޅުގައިވެއެވެ.

މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އެމަނިކުފާނު އެ މަގާމުން ވަކިކުރަން އެމްޑީޕީން މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމައްސަލަ އޮތީ މިއަދުގެ ޖަލްސާއަށް އެޖެންޑާވެސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު