5 މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ޕޯޓަލުން ހުށަހެޅޭ ގޮަތަށް ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު މާލިއްޔަތާއި ބެހޭ ސާކިއުލާއެއްގައި ބުނީ ދައުލަތުން ކުރިއަށްގެންދާ 5 މިލިއަން ރުފިޔާއިން މަތީގެ ހުރިހާ ޕްރޮކިޔުމެންޓުތަކެއް ދެން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތަކަށް ބީލަންތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފިނޭންސް މިނިސްޓްރީން ޕޯޓަލެއް ތައާރަފްކުރީ 6 ޑިސެމްބަރ 2021 ގައެވެ. ބީލަން ޕޯޓަލް ފަރުމާކުރެވިފައިވަނީ ރައްކާތެރި އިލެކްޓްރޮނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދައުލަތުން ކުރިއަށް ގެންދާ 5 މިލިއަން ރުފިޔާ އިން މަތީގެ ޕްރޮކިއުމަންޓްތަކުގައި ބައިވެރިވުމަށް މިހާރު ހުށަހެޅޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް https://t.co/3UDmtt1VCN
— Ministry of Finance (@MoFmv) November 13, 2023
ސަރުކާރުގެ މަސައްކަތްތަކަށް ބީލަންތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފިނޭންސް މިނިސްޓްރީން ޕޯޓަލެއް ތައާރަފްކުރީ 6 ޑިސެމްބަރ 2021 ގައެވެ. ބީލަން ޕޯޓަލް ފަރުމާކުރެވިފައިވަނީ ރައްކާތެރި އިލެކްޓްރޮނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު