ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްގެ ނަން ހުށަހެޅުމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްގެ ނަން ހުށައެޅުމަށް ފާސްކުރީ މިރޭ ބޭއްވި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައެވެ.

އަސްލަމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެވެ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓްގެ ގޮތުގައިވެސް ނެންގެވީ އަސްލަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިރޭ 10:00 އަށެވެ.

މިރޭ ޖަލްސާގެ ނޯޓިސް މިހާރު މެންބަރުންނަށް ފޮނުވާފައިވާއިރު އެޖެންޑާ މިހާރު މަޖިލީހުގެ އިދާރާ އިން ވެސް ވަނީ އާންމު ކޮށްފައެވެ. އެޖެންޑާ ގައި އޮތީ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.

ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި އެމައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދަނިކޮށް އެމަނިކުފާނު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހަސަނާ

14-Nov-2023

އެއްކަލަ ބެރުދުންމާރި އާޒިމްވެސް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލަނީޔޯ ދުންމާރި ގޮއްވާ މަގާމެއް މަޖިލީހަކުނެތް



ޓްރެންޑިން