މާލީ ވަޒީރު އިބްރާހިމް އަމީރު ޝަރީޢަތަށް ފޮނުވުމަކީ މިވަގުތު މަޖިލީހުން ކުރާންއޮތް އެންމެ މުހިއްމު ކަންތައް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމަށް ޤާނޫނުން ލާޒިމުކޮށްފައިވާ މުއްދަތުގައި މަޖިލީހަށް ވަޑައިނުގެންނެވި މައްސަލާގައި ފިނޭންސް މިނިސްޓަރާ ދެކޮޅަށް މަޖިލީހުން ދައުވާކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ޤަސްދުގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސަށް އެނގިވަޑައިގަންނަވާނެ މިތަނަށް މި މަޖިލިހަށް ބަޖެޓު ހުށަހަޅަން މާލިއްޔަތު ޤާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަންކުރާންވީ ދުވަސްތައް." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް މީހަކަށް ދައުލަތުގެ ނިޒާމު ނަގައިނުލެވޭނެ ކަމަށާއި މާލީ ވަޒީރަށްވެސް މަޖިލީހަށް ގޮން ނުޖެއްސެވޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ނެގޭނެ އެންމެ މުހިއްމު ނިޒާމީ ނުކުތާ ކަމަށާއި، މަޖިލީހުގެ ބާރުތައް ދޫކޮށް ނުލެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މާލީ ވަޒީރު ޝަރީޢަތަށް ފޮނުވުމަކީ މިވަގުތު އަޅުގަނޑުމެން ކުރާން އޮތް އެންމެ މުހިއްމު ކަންތައް. މިއީ ނިޒާމީ ނުކުތާއެއް." ރައީސް ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އަމީރު ބަޖެޓު ހުށައަޅުއްވަމުން ގެންދެވި ވަގުތު ޑިމޮކްރެޓުންވަނީ މަޖިލީހުގައި އިހުތިޖާޖު ކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިނގަމުންދާ އަހަރުގެ އޮކްޓޫބަރުމަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި ނޮވެންބަރުމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފަސްހިޔަނި

14-Nov-2023

ޒިނޭގެ ތުހުމަތުގެ މައްސަލަ ވީހާވެސް އަވަހަކަށް ކޯޓަށް ވެއްދުން އެންމެ މުހިއްމީ



ޓްރެންޑިން