ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ދަޢުލަތުގެ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް 3 ދުވަސްތެރޭގައި ނިންމުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު މަޖިލީހަށް މިއަދު ހުށައަޅާފައި ވާއިރު، މިއަދު ވަނީ ވަނީ ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު ހުށަހެޅުއްވީ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް މާދަމާ ފަށައި، ބަޖެޓު ދިރާސާ ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ބަޖެޓު ފާސްކޮށް ނިންމުމަށެވެ.

އަޙްމަދު ހުށައެޅުއްވީ ބަޖެޓު ބަހުސަށް ކޮންމެ މެންބަރަކަށް ފަސް މިނެޓް އެރުވުމަށާއި، ބަޖެޓު ދިރާސާކޮށް ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓުގެ ބަހުސަށް ކޮންމެ މެމްބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށެވެ. އަޙްމަދުގެ ހުށައެޅުން ފާސްކުރީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދެ ދުވަސްތެރޭގައި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ނިންމުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ބަޖެޓު ކޮމިޓީގައި މިއަދު މެންބަރުންވަނީ، ކަމާގުޅޭ އިދާރާތަކުން ބަޖެޓާމެދު ދެކޭގޮތް އޮޅުންފިލުވުމަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓާމެދު ދެކޭގޮތެއް އޮޅުންފިލުވުމުގެ މުހިންމުކަމުގެ މައްޗަށް ބަހުސް ކުރަށްވާފައެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ބޮޑުވަޒީރު

15-Nov-2023

ވިލުފުށީ ދާއިރާމީހުން ކީއްވެ މުސްކުޅި ބޭގަޑެއް ތިހޮވަނީ


1

ޥާނުވާ

15-Nov-2023

ތިގޮލާ މިފަހަރު ކުރިމަތިނުލާތަ އޭނަޖެއްސި ވައްތަރުގެ ޑްރާމާއެއްކުޅޭނީ އޭނަ ކުރިމަތިލައިފިއްޔާ


2

ހަސަނާ

15-Nov-2023

އިލްއިޔާސް ލަބީބު ހާދަ ހަޑިކޮންނޭ ބަޖެޓް ހުށަހެޅި ދުވަހު އުޅުނީ ލަދުނުގަނޭތަ ޒުވާންކުދިން ޖައްސާވައްތަރު



ޓްރެންޑިން