ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު
މިދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވާ ކަމަށް ބަންޑާރަނާއިބުގެ އޮފީހުން ހާމަކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 153 ބިލް ހުށައަޅާފައިވާކަމަށެވެ. އަދި އޭގެތެރެއިން 120 ބިލެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ގާނޫނަކަށް ބަދަލުވެފައިވާކަން އެއޮފީހުން ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް މުހިންމު ގިނަ ބިލްތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުނިމި އެބަހުރިކަމަށާއި، އެގޮތުން 30 ބިލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި މަޖިލީހުގައި ކުރިއަށްދާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިވެއެވެ.

އޭގެތެރެއިން 20 ބިލެއްގެ މަސައްކަތް މަޖިލީހުގެ އެކި ކޮމިޓީތަކުގައި ކުރިއަށްދާއިރު، 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވާކަމަށާއި، 2 ބިލެއް އޮތީ އިބްތިދާއީ ބަހުސް މަރުޙަލާގައިކަން ބަންޑާރަ ނާއިބުގެ އޮފީހުގެ ތަފާސް ހިސާބުން ދައްކައެވެ، އަދި 5 ބިލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތްކަންވެސް ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކޮށްފައި ވެއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނީ އިއްޔެވެސް މުހިއްމު ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ރައީސް އޮފީހަށް ފޮނުވި ބިލްތަކުތެރޭގައި ހިމެނެނީ ޒަކާތުގެ ބިލާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މެރިން ސްޕެޝަލް ޕްލޭނިންގއާ ބެހޭ ބިލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން