ދަޢުލަތުގެ ބަޖެޓަށް 2023 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 80 އިންސައްތަ ރުފިޔާ ނުލިބޭ ކަމަށް އޯޑިޓް އޮފީހުން ހާމަކޮށްފިއެވެ.
އޯޑިޓް އޮފީހުން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، މަޖިލީހުން 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ދަޢުލަށް ލިބިފައިވަނީ 473.1 މިލިއަން ރުފިޔާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. މިއީ އަންދާޒާ ކޮށްފައިވާ ހިލޭ އެހީގެ 18.6 އިންސައްތައެވެ.
އޮޑިޓް އޮފީހުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީ ނުހިމަނައި 29.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާކަމަށާއި، އޭގެތެރެއިން 85.6 އިންސައްތަ ފައިސާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވާ ކަމަށެވެ.
އޮޑިޓް އޮފީހުން ސަޕްލިމަންޓަރީ ބަޖެޓަށް ދިން ފަންނީ ލަފާގައި ހިލޭ އެހީގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި 80 އިންސައްތަ ރުފިޔާ ސެޕްޓެމްބަރުގެ ނިޔަލަށް ނުލިބޭ ކަމަށް ބުނެފައިވާއިރު، މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން މިމަހުގެ 14 ވަނަ ދުވަހު ނިންމަވާފައިވަނީ ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް 3 ދުވަހުގެ ތެރޭގައި ނިންމައި އެބަޖެޓު ފާސްކޮށް ނިންމުމަށެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގޭ ތެރެއިން ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 300 މިލިއަނެއްހާ ރުފިޔާއެވެ. ބާކީ ހުރި ބަޔަކީ ދަރަންޏަށް ފައިސާ ނަގައިގެން ހޯދާ ފައިސާއެވެ.

ކިޔުންތެރިންގެ ހިޔާލު