ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ފައިސަލް ނަސީމު ހިލާލީގެ ދޫކުރަށްވައި ނިކުމެވަޑައިގެންފިއެވެ.

ހިލާލީގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ގެއެވެ.

ފައިސަލް ނަސީމު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުއެވެ. ފައިސަލް ހިލާލީގެ ދޫކޮށްލެއްވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމުގެ ދައުރު ހަމަވާނީ މާދަމާ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރައްވާ ވަގުތުން ފެށިގެންނެވެ. ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ހިލާލީގޭގައި ދިރިއުޅުއްވާނީ އިންތިޚާބީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ހިލާލީ ގޭގައި ރައީސް ނަޝީދުގެ ނާއިބު ރައީސް ޑރ. ވަހީދު ދިރިއުޅުއްވާފައި ވެއެވެ. އަދި ޑރ. ވަޙީދު ރިޔާސީ ދައުރުގައިވެސް ދިރިއުޅުއްވީ އެގޭގައެވެ. އޭގެފަހުން ރައީސް ޔާމިންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލްވެސް ދިރިއުޅުއްވީ ހިލާލީ ގޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން