މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ ފްލެޓުތައް ހަވާލު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުގައި އިމާރާތް ކުރާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް އޭސީސީން ވަކިގޮތެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިހެން ބުނެފައިވާއިރު ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އެންގިފަހުން ރޭ މެންދަމު އެމިނިސްޓްރީން ވަނީ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ގުރުލުން ބާއްވައިފައެވެ. އަދި އޮންލައިންކޮށް އެއްބަސްވުންތައް ފޮނުވައިގެން ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްވެސް އެމިނިސްޓްރީން ރެއިން ފެށިގެން ވަނީ ކޮށްފައެވެ.
4،000 ފްލެޓްގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް ރޭ ފޮނުވި ސިޓީގައި އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށެވެ.
ހައުސިންގ މިނިސްްޓްރީން ބުނީ ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަބުރުގައި ދޫކުރާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށެވެ. އަދި ފުރަތަމަބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ހައުސިންގ މިނިސްްޓްރީން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3 (ތިން މަސް) ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަހެވެ.

'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން މާލެ ސަރައްޙައްދުން ދޫކުރާ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމާ ގުޅޭ ނޫސް ބަޔާން. pic.twitter.com/ZswnS4B3XS
— Min.of National Planning, Housing & Infrastructure (@MoNPHImv) November 16, 2023
4،000 ފްލެޓްގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް ރޭ ފޮނުވި ސިޓީގައި އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށެވެ.
ހައުސިންގ މިނިސްްޓްރީން ބުނީ ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަބުރުގައި ދޫކުރާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށެވެ. އަދި ފުރަތަމަބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ހައުސިންގ މިނިސްްޓްރީން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3 (ތިން މަސް) ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަހެވެ.
ކިޔުންތެރިންގެ ހިޔާލު